ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ބަލައިލަނީ އަޗާސް ޕަޕަޑަމްސްގެ ރޯދަވީއްލުމުގެ މެނޫ އަށެވެ.
މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް މި ރެސްޓޯރެންޓުން ރޯދަވީއްލުމެއް ލިބިގެންދާއިރު އަޗާސް ޕަޕަޑަމްސްގައި ހަފްތާގެ ކޮންމެ ދުވަހަކަށް ވަކި ހާއްސަ މެނޫއެއް އެކުލަވާލާފައި ވެ އެވެ.
މި ރެސްޓޯރެންޓްގެ ރޯދަ މެނޫއަށް ބަލައިލާއިރު ކޮންމެ ދުވަހެއްގެ މެނޫގައިވެސް ދެ ވައްތަރެއްގެ ތާޒާ ފަނި ހިމަނާފައި ވެ އެވެ.
ޗިކަން ބޯލްސް އާއި އާލޫ ޓީކާ، ބަޖިޔާ އާއި ޗިކަން ސްޕްރިންގް ރޯލް އަދި ސޮސެޖް ރޯލްގެ އިތުރުން ޗިކަން މޯމޯ އާއި މީޓް ބޯލްސް މެނޫގައި ހިމަނާފައި ވެ އެވެ.
މެއިން ޑިޝެޝްގެ ގޮތުގައި ނާން، ބަޓަރ ނާން، ޝިޒްވާން ޗިކަން، ބީފް ރޯސްޓް، ޗިކަން ޖައިޕޫރީ، ޕަޓިއާލާ ބީފް، ކަޑާއީ ޗިކަން، ޗިލީ ފިޝް، ޑެވިލްޑް ފިޝް، ކަޝްމީރީ ޕުލާއީ، އަދި ޑެފިލްޑް ބީފްގެ އިތުރުން އެތައް ބައިވަރު ޑިޝްއެއް ހިމަނާފައި ވެ އެވެ.
މެނޫގައި ހިމަނާފައިވާ އިތުރު ޑިޝްތަކަށް ބަލާލާއިރު ކްރިސްޕީ ފްރައިޑް ވެޖްޓަބަލްސް، ފިޝް މަންޗޫރިއަން، ޗިކަން ސިންގަޕޯރ ނޫޑްލްސް، ޖަޕަނީސް ސެލަޑް، ޕާސްތާ އަދި އެގް ނޫޑްސް އާއި އާލޫ ގޯބީ މަސާލާގެ އިތުރުން އެތައް ބައިވަރު ޑިޝްއެއް ހިމަނާފައި ވެ އެވެ.
މި ރެސްޓޯރެންޓުން ރޯދަވީއްލުމަށް ރިޒަވޭޝަން ހަދަން ބޭނުން ނަމަ ގުޅޭނެ ނަމްބަރަކީ 3000991 ނުވަތަ، 3307858 ނުވަތަ 9774481 އެވެ. ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 199 ރުފިޔާ އެވެ.
މި ރެސްޓޯރެންޓްގެ ރޯދަވީއްލުމުގައި ބައިވެރިވުމުން ލަކީޑްރޯއެއްގައިވެސް ބައިވެރި ވެވެ އެވެ. އެއްވަނަ އިނާމަކަށް 500 ރުފިޔާގެ މީލް ވޯޗަރު ދެވަނަ އިނާމަކަށް 250 ރުފިޔާގެ މީލް ވޯޗަރު އަދި ތިން ވަނަ އިނާމަކަށް 100 ރުފިޔާގެ މީލް ވޯޗަރު ހިމަނާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް