ޒައިދު ގޭ ބަންދަށް ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން ގޭ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ބަދަލު ކޮށްފި އެވެ. ޒައިދު މިދިޔަ ޖެނުއަރީ މަހުގައި ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރަކު ބްލެކްމެއިލްކުރިކަމުގެ ތުހުމަތު...

29 May 2017 | 12:26

މާލޭ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން ގޭ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ބަދަލު ކޮށްފި އެވެ.

ޒައިދު މިދިޔަ ޖެނުއަރީ މަހުގައި ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރަކު ބްލެކްމެއިލްކުރިކަމުގެ ތުހުމަތުގަ އެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިދިޔަ މަހު ކޯޓުން ނިންމައިފައި ވީނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ދައުވާގެ މިއަދު ބޭއްވުނު ޝަރީއަތުގައި އޭނާ ވަނީ ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފަ އެވެ. މި ޒަިދުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ގެންދަނީ ސިއްރުންނެވެ.

ޒައިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ދައުވާއާއި، ހުއްދަ ނޫން ގޮތުގައި މަޢުލޫމާތު ހާމަ ކުރުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި، ގާނޫނީ ބާރު ހިންގުމަށް ދަތި ކުރުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް