ފަލަސްތީނުގެ ހައިކޯޓުގެ ފަނޑިޔާރު އެ ޤައުމުގެ ހުރިހާ ވަކީލުންނަށް ރޯދަމަސްތެރޭ އެއްވެސް މީހަކު ވަރި ނުކޮށްދިނުމަށް އަންގައިފި އެވެ.
ފަނޑިޔާރު މުޙައްމަދު ހަބަޝް ވިދާޅުވި ގޮތުގައި މި ނިންމުން ނިންމީ ރަމްޟާން މަހުގެ ރޯދައަށް ހުރެ ކުރާ ވަރިއަކީ ހައިހޫނުކަންމަތީ ހުރެ ރުޅިގަދަވެގެން ކުރާ ވަރިއަކަށްވެސް ވެދާނެކަމަށާއި އަދި ވަރިކުރުމަށްފަހު ފަހުން އެކަމާ ދެރަވާން ޖެހިދާނެކަމަށްވާތީ ކަމަށެވެ.
އޭނާ އިތުރަށް ހާމަކުރާގޮތުގައި އޭނާ މި ނިންމުން ނިންމީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި ކަމަށާއި ސިނގިރޭޓު ބޭނުންކުރުން މަނާ ކުރިފަހުން ރޯދަ ވީއްލުމުގެ ކުރިން ގިނަ ފިރިހެނުންގެ ރުޅި ގަދަވެ އަދި އަނގައިން ބުނަން ބޭނުން ނުވާ ގިނަ އެއްޗެހި ބުނެވޭކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ފަލަސްތީނުނުގައި 2015 ވަނަ އަހަރުގެ ރޯދަމަހު 50،000ކައިވެނި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި ހަމަ އެ އަހަރު 8000 ވަރިވެސް ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި މި ވަރިތައް ގިނަ ވުމުގެ ބޮޑު ސަބަބަކަށް ވެގެންދަނީ ވަޒީފާތައް ނުލިބުމާއި ލިބޭ އެއްޗަކުން ނުފުދުން ކަމަށްވެސް އެ ޤައުމުގެ އޮތޯރިޓީތަކުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް