ޗޮކުލެޓް ކާހިތްނުވަނީ ކާކު ހެއްޔެވެ؟ ޗޮކުލެޓަކީ އެތައްބަޔަކު އަނގަ ފޮނިކޮށްލަން އެންމެ ކާހިތްވާ އެއްޗަށްވާއިރު އެންމެ ފަހަރަކުވެސް ޗޮކުލެޓުން ތިމާގެ ސިއްޙަތައް ކުރަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލާލީން ހެއްޔެވެ.
ސައިންސްވެރިންގެ އެންމެ ފަހުގެ ހޯދުންތަކުން ވަނީ މި ސުވާލަށް ޖަވާބު ހޯދާފަ އެވެ. ޗޮކުލެޓް ކާހިތްވާ މީހުންނަށް އޮތީ އުފާވެރި ޚަބަރެކެވެ. ޗޮކުލެޓަކީ އިންސާނާގެ ސިއްޙަތައް ފައިދާ ހުރި އެއްޗެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވުމާއި ހިތުގެ ބަލިތަށް ޖެހުމާއި އިންސާނާ ދުރުކޮށްދިނުމުގެ އިތުރުން ލޭގައި ހަކުރުގެ މިންވަރު އެއް ވަރެއްގައި ހިފަހައްޓައިދީ ފިކުރު ތަކާއި ދުރުކޮށްދެ އެވެ.
އޮހާއޯގެ ސެންޓް ވިންސެންޓް މާސީ މެޑިކަލް ސެންޓަރުގެ ކޑިއޮލޮގިސްޓެއް ކަމަށްވާ ޑރ.އޮވައިސް ޚަވާޖާ ހާމަކުރާގޮތުގައި ޗޮކުލެޓަކީ ރަނގަޅު އެންޓި އޮކްސިޑެންޓެއްކަމަށާއި އިންފްލެމޭޝަން އަށް މިއީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭނާ ދެކޭގޮތުގައި އެންމެ ގިނަ ފައިދާތައް ލިބޭ އެކައްޗަކީ ޗޮކުލެޓެވެ. އޭގެ ތެރެއިން ކެންސަރާ ދުރުކޮށްދިނުމާއި ސިކުނޑީގެ އެކި ބަލިތަކާއި ދުރުކޮށްދިނުމާއި ހިތުގެ ބަލިތަކާ ދުރުކޮށްދިނުން ހިމެނޭ ކަމަށްވެސް ޑރ. އޮވައިސް ޚަވާޖާ ވަނީ ބުނެފަ އެވެ.
ޗޮކުލެޓުން ފައިދާތައް ލިބުނު ކަމުގައިވިޔަސް ހުރިހާ ޗޮކުލެޓަކުން މިވަރަށް ފައިދާ ނުލިބޭނެއެވެ. ޗޮކުލެޓް ގެ އެންޓި އޮކްސިޑެންޓްގެ މާއްދާތައް ލިއްބައިދެނީ ވަކި ކަހަލަ ކޮކޯ ބީންސްތަކުން ކަމުގައި ވާތީ އެފައިދާ ލިބޭނީ ހަމައެކަނީ އެ ބީންސް ބޭނުން ކޮށްފައިވާ ޗޮކުލެޓުންނެވެ. މި ފަދަ ބީންސްތަކަށް ކިޔައި އުޅެނީ "ފްލެވނޮއިޑްސް" އެވެ.
އެންމެ ގިނައިން މިފަދަ ބީންސްތައް ބޭނުންކޮށްފައި ހުންނަނީ ޑާރކް ޗޮކުލެޓްތަކުގަ އެވެ. އެހެންނަމަވެސް މިލްކް އަދި ވައިޓް ޗޮކުލެޓުގައި މަދުން ނަމަވެސް މި ބީންސް ބޭނުން ކޮށްފައި ހުރެއެވެ. އެހެންކަމުން ހަށިގަނޑަށް އެންމެ ބޮޑަށް ފައިދާ ހުރީ ޗޮކުލެޓްގެ ތެރެއިން ޑާރކް ޗޮކުލެޓެވެ.
ކޮންމެ އެއްޗަކީވެސް ވަކި ހައްދެއް އޮންނަންވާނެ އެއްޗެކެވެ. ހަމައެހެންމެ ޗޮކުލެޓް ކެއުމުގައިވެސް ވަކި ހައްދެއް އޮންނަންވާނެ އެވެ. މާގިނައިން ޗޮކލެޓް ކެއުމުން ހަށިގަނޑަށް އެކި ގެއްލުންތައް ލިބިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް