އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ބުނާ މުޖޫ ނައީމް ހޯދަން ފުލުހުން އިއުލާނު ކޮށްފި

އިސްލާމް ދީން ގަބޫލު ނުކުރާ ކަމށް ބުނެފައިވާ މ. ވެލިދޫގެ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ. ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައ...

29 May 2017 | 07:15

އިސްލާމް ދީން ގަބޫލު ނުކުރާ ކަމށް ބުނެފައިވާ މ. ވެލިދޫގެ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުގެ ގޮތުން 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 37 އަހަރުގެ މުޖޫ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ފުލުހުން ބުނެ އެވެ.

އެ މުއްދަތުގައި ހާޒިރު ނުވެއްޖެ ނަމަ މުޖޫ އާއި ދެކޮޅަށް މިހާތަނަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަމިއްލަ ބްލޮގެއް ހިންގާ މުޖޫ ވަނީ އޭނާ އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ރަސްމީކޮށް ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައި އެވެ. އަދި އޭނާ ފޭސްބުކް ގައިވެސް ވަނީ ކުރީގެ މުސްލިމެއް ކަމަށް ޖަހާފައި އެވެ.

މުޖޫ އަކީ ރަހުމް ކުޑަ ގޮތަކަށް މިދިޔަ މަހު މަރާލި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބޮލޮގާ ޔާމީން ރަޝީދުގެ އެކުވެރި އެކެވެ. އޭނާގެ ބޮލޮގް ގައި ލިޔެފައިވާ ގިނަ ލިޔުންތަކުގައި ދުވަހުގެ ވަގުތުތަށް މުޖޫ ނައީމް އާއި އެއްކޮށް ހޭދަ ކޮށް ދެމީހުންގެ ހިޔާލު ބަދަލު ކުރި ކަމަށް ލިޔެފައި ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް