ބ. އަތޮޅަށް ކާޑު ހިފައިގެން ދަތުރު ކުރި އެސްޓީއޯގެ ކޮޅުވެއްޓިއެއް ފަރަށް އަރައިފި އެވެ.
އެ ކޮޅުވެއްޓި ފަރަށް އަރާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކ. ހުވަފެންފުށީ ކައިރި އަށެވެ. ކޮޅުވެއްޓި ފަރަށް އެރި އިރު އޭގައި ހަ ދިވެހިން ތިއްބެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯގެ ޓަގެއް ފޮނުވައިގެން އުޅަނދު ފުންކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށާއި އޭގައި ހުރި ކާޑުތަކަށް އަދި އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
އެ ކޮޅުވެއްޓި ދަތުރު ކުރަމުންދިޔައީ 2000 އަށްވުރެ ގިނަ ބަސްތާގެ ކާޑުގެ ބާވަތްތައް ހިފައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް