އިންޑިއާއިން ރާއްޖެ އައި މުދާ އުފުލާ ބޯތަކުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފާރަގެމަ ބޭނުން ކޮށްގެން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނިފައިވަނީ ބޯޓުގެ އިންޖީނު ރޫމުންނެވެ. ފުލުހުން ބުނީ ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބޮޑު ރަބަރު ގަނޑުގައި 500 ގްރާމު ހުރި ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
މި މައްސަލައިގަ މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް