ދުވަހުގެ ރެސްޓޯރެންޓް: ބުރުޒު ރޯދަވީއްލުން ގިޔާސުއްދީންގައި – ޝެއަރކޮށްގެން ދެބޭފުޅަކަށް ރޯދަވީއްލުން

ދުވަހުގެ ރެސްޓޯރެންޓްގެ ތިންވަނަ ދުވަހަކަށް ދުވަހުގެ ކިޔުންތެރިންނަށް މަރުހަބާ ދަންނަވަމެވެ. މިއަދު މި ގެނެސްދެނީ ބުރުޒު ކޭޓަރިންގެ ފަރާތުން، އެހެން އަހަރުތެކެކޭ އެއްފަދައިން މި އަހަރުވެސް ކުރިއަށްގެނ...

29 May 2017 | 05:52

ދުވަހުގެ ރެސްޓޯރެންޓްގެ ތިންވަނަ ދުވަހަކަށް ދުވަހުގެ ކިޔުންތެރިންނަށް މަރުހަބާ ދަންނަވަމެވެ. މިއަދު މި ގެނެސްދެނީ ބުރުޒު ކޭޓަރިންގެ ފަރާތުން، އެހެން އަހަރުތެކެކޭ އެއްފަދައިން މި އަހަރުވެސް ކުރިއަށްގެންދާ ބުރުޒު ރޯދަވީއްލުމާއި ބެހޭ މައުލޫމާތެވެ.

ބުރުޒު ރޯދަވީއްލުން ކުރިއަށްގެންދަނީ ގިޔާސުއްދީން ސްކޫލުގަ އެވެ. ލައިވް ސްޓޭޝަންސްތަކާވެސް އެކީގަ އެވެ.

ބުރުޒު ރޯދަވީއްލުމުގެ އަގަކީ 225 ރުފިޔާ އެވެ. ދެ އަހަރުން ދަށުގެ ކުއްޖަކު ރޯދަވީއްލުމުގައި ބައިވެރިވާނަމަ ޗާޖެއް ނުކުރާނެ އެވެ. ދެ އަހަރާއި ހަ އަހަރާއި ދެމެދުގެ ކުއްޖެއް ރޯދަވީއްލުމުގައި ބައިވެރިވާނަމަ ޗާޖް ކުރަނީ 50% އެވެ. ރޯދަމަހުގެ ފުރަތަމަ 10 ދުވަހު 10% ޑިސްކައުންޓްވެސް ލިބެ އެވެ.

ބުރުޒުގެ ރޯދަމެނޫގައި ތަފާތު ހަތަރު ސެޓް މެނޫއެއް ހިމަނާފައިވާއިރު ހުކުރު ދުވަހަށް ވަކި ހާއްސަ މެނޫއެއް، އާދީއްތަ ދުވަހަށް ވަކި ހާއްސަ މެނޫ އެއް، ހޯމަ އަދި ބުދަ ދުވަހަށް ވަކި މެނޫއެއް އަދި  އަންގާރަ އަދި ބުރާސްފަތި ދުވަހަށްވެސް ވަކި ހާއްސަ މެނޫއެއް ހިމަނާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް