ބޮލީވުޑްގެ މަޝްހޫރު ތަރި ޗައިފް އަލީ ހާންގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވާނީ ފިލްމު "އެމް އެސް ދޯނި" ގެ ތަރި ސުޝާންތު ސިންގް ރާޖް ޕޫތާ އެކު ކަން ޔަގީން ވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސާރާގެ ފުރަތަމަ ފިލްމަށް ވާނީ އަބީޝެކް ކަޕޫރު ޑައިރެކްޓު ކުރާ "ކެދާރްނާތު" ކިޔާ ފިލްމެކެވެ. އެކަން އަބީޝެކް ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ.
ދަރިފުޅު ފިލްމު ކުޅެން ފެށުމާއި ގުޅޭގޮތުން ސައިފް ބުނެފައިވަނީ ސާރާ ކުރިޔަށްދާން ބޭނުން ދާއިރާއަކުން ކުރިޔަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ސައިފް ވަނީ މި ފަހަކުން ކަރީނާގެ އާއިލާ އާއި އެކު ބާއްވާ ބައްދަލުވުންތަކަށް ސާރާ ގެންދަން ފަށާފައި އެވެ. އެއީ ސާރާ ފިލްމީ ތަރިންނަށް ތައާރަފުކޮށް މާހައުލަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކަމަށް ސައިފްގެ ގާތް މީހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
ސާރާ ބޮލީވުޑަށް ތައާރަފުވާނީ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ކަމަށް ބުނެ މީގެ ކުރިން އަޑު ފެތުރުނެވެ. އިތުރު ފިލްމުތަކެއްގެ ނަންވެސް މި ލިސްޓަށް އެރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް