މި މަހުގެ 12 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅިއެއްގައި ގެއްލުންވި އާއިލާތަކަށް އެހީވުމުގެ ގޮތުން މީރާއިން 60،000ރ އެއްކޮށްފި އެވެ.
މީރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީ އަށް ނިސްބަތްވާ މުވައްޒަފުން އިސްނަގައިގެން ހުޅުވި ޚާއްސަ ފަންޑަށް އެ އޮތޯރިޓީގެ މުވައްޒަފުން ހަދިޔާކުރި 60،000 ރުފިޔާ ބަހަން ނިންމާފައިވަނީ އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު 12 ގޭގެ އާއިލާތަކަށް ކަމަށް މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވެއެވެ. އެގޮތުން ކޮންމެ ގެއަކަށްވެސް 5000 ރުފިޔާ ބެހުމަށްވަނީ ނިންމާފައެވެ.
އެ ފައިސާ އެ އާއިލާތަކަށް ރަށްދުކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.
އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި 12 ގެއަކަށް ގެއްލުން ވެފައި ވާއިރު، އެގެތަށް ވަނީ މީހުން ނޫޅެވޭ ވަރަށް ހަލާކުވެފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވަނީ އެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް