މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަރައިފި

މުދާ އުފުލާ ދޯންޏެއް ކ. ތިލަފުށީ ހުޅަނގު ފަރާތު ފަރަށް އަރައިފި އެވެ. "ދިރާސާ" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ކޮށްފައިވަނީ މިރޭ 10:45 ހާއިރު އެވެ. އެމްއެންޑީއެފްގެ އި...

28 May 2017 | 19:45

މުދާ އުފުލާ ދޯންޏެއް ކ. ތިލަފުށީ ހުޅަނގު ފަރާތު ފަރަށް އަރައިފި އެވެ.

"ދިރާސާ" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ކޮށްފައިވަނީ މިރޭ 10:45 ހާއިރު އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާޙިމް އާޒިމް ވިދާޅުވީ އެ ދޯނި ފަރަށް އެރި އިރު ދެ ދިވެހންނާއި ދެ ބިދޭސީން ދޯނީގައި ތިބި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެ ސަރަހައްދުގައި ކޯސްޓްގާޑު ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

"ދިރާސާ" ދޯންޏަކީ ދިގުމިނުގައި 80 ފޫޓު ހުންނަ ދޯންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް