މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި މީހެއްގެ ވަނަވަރު ހާމަކޮށްފި

ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހަކީ، ސ. ހިތަދޫ، ތަސްވީރުގޭ...

29 Apr 2025 | 11:58

ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހަކީ، ސ. ހިތަދޫ، ތަސްވީރުގޭ، އުމުރުން 47 އަހަރުގެ އާދިލް ހަމީދެވެ.

އޭނާ ހޯދަން ވަނަވަރު ހާމަކުރަން ޖެހުނީ މ. ދިއްގަރު ޕޮލިހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަގތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ފުލުހުން އަންގާފައިވަނީ އެ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށް އަންނަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް