ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލައިގަ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

އިއްޔެ މާލޭގައި ކެފޭއަކަށް ވަދެ އެ ކެފޭގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލައިގާ މީހަކު ހައްޔަރުކޮށް އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން މިއަދު ބުނެފައިވާގޮތުގައި އެ މައްސަލައިގާ ހައްޔަރު...

29 Apr 2025 | 09:14

އިއްޔެ މާލޭގައި ކެފޭއަކަށް ވަދެ އެ ކެފޭގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލައިގާ މީހަކު ހައްޔަރުކޮށް އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވާގޮތުގައި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ސްޓަރ، އުމުރުން 49 އަހަރުގެ މުޙައްމަދު ރަޒީނުއެވެ.

ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލަ މިއަދު ހެނދުނު 08:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން ރަޒީން ހައްޔަރުކޮށްފައިވާއިރު ރަޒީންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް