ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އިއްޔެ ނޫން ކުރީ ދުވަހުގެ ރޭ 08:00 ހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުފެށި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާކަމަށެވެ. އެ ދޯނީގައި ފަސް މީހަކު ވާކަމަށާއި އެއީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.
މިއަދު މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ ދޯނި ރޭގެ ފަތިހު 05:00 ހާއިރު ލ. އަތޮޅުތެރެއިން ފެނިފައިވާކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދީފައިވާކަމަށެވެ.
"ދޯނި ވަނީ އިންޖީނު ހުއްޓިފައި، ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް