އަންނަ އަހަރު ބޮޑު ޗުއްޓީ ލިބެނީ މާރިޗުން އޭޕްރީލަށް

ބޮޑު ޗުއްޓީ މާރިޗް އޭޕްރީލަށް ވާގޮތަށް ދިރާސީ އާ އަހަރުގެ ކަލަންޑަރު ފައިނަލްކޮށް ސްކޫލުތަކަށް ފޮނުވައިފިއެވެ. އަންނަ މަހު ފަށާ 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުމުގެ އެކަޑަމިކް ކަލަންޑަރު މިހާރު އެކުލަ...

29 Apr 2024 | 18:47

ބޮޑު ޗުއްޓީ މާރިޗް އޭޕްރީލަށް ވާގޮތަށް ދިރާސީ އާ އަހަރުގެ ކަލަންޑަރު ފައިނަލްކޮށް ސްކޫލުތަކަށް ފޮނުވައިފިއެވެ.

އަންނަ މަހު ފަށާ 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުމުގެ އެކަޑަމިކް ކަލަންޑަރު މިހާރު އެކުލަވާލާފައިވާގޮތުން ފުރަތަމަ ޓާމު ސެޕްޓެމްބަރު 26ގައި ނިމި ޓާމު ޗުއްޓީ ލިބޭނީ ސެޕްޓެމްބަރު 29 އިން އޮކްޓޯބަރު ތިނަކަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން އޮކްޓޯބަރު ހައެއްގައި ފަށާއިރު އެ ޓާމު ނިމޭނީ އަންނަ އަހަރުގެ މާރިޗް ހައެއްގައެވެ. އެއަށްފަހު މާރިޗް ނުވަޔަކުން އޭޕްރީލް ތިނަކަށް އެއީ ބޮޑު ޗުއްޓީއެވެ.

އެއަށްފަހު 2025 ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޭޕްރީލް ހައެއްގައެވެ. ނަމަވެސް ޓީޗަރުން އޭޕްރީލް ތިނެއްގައި ނިކުންނަން ޖެހެއެވެ.

ބޮޑު ޗުއްޓީ މާރިޗު ނުވަޔަކުން އޭޕްރީލް ތިނަކަށް ދާއިރު ކަލަންޑަރުގައިވާގޮތުން އަންނަ އަހަރުގެ ރޯދަ މަސް ފެށޭ ތާރީޚަކީ ފެބްރުއަރީ 28 އެވެ. އަދި މިހާރު ނިންމާފައިވާގޮތުން ނަމަ ރޯދަމަހުގެ ފަހު 10 އެއް ބަންދުވާއިރު ބޮޑު ޗުއްޓީއަށް އެދުވަސްތައްވެސް ވަދެގެންދާނެއެވެ.

ސަރުކާރުން މި ބަދަލުތައް ގެނެސް އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ޖަނަވަރީ މަހުން ފެށުމަށެވެ. ޖަނަވަރީގައި ދިރާސީ އާ އަހަރު ފެށުމަކީ އަދި ޑިސެމްބަރަށް ބޮޑު ޗުއްޓީ ލިބޭގޮތަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް