ސިވިލް ސާރވިސް ވަޒީފާތަކުން ވަކިވެފައިވާ މީހުންނަށް އަލުން ވަޒީފާގެ ފުރުސަތު ދެނީ

ސިވިލް ސާވިސް ވަޒީފާތަކުން ވަކިވެފައިވާ ބޭފުޅުންނަށް އަލުން ސިވިލް ސާވިސްއާ ގުޅުމަށް ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ނިންމަވައިފިއެވެ. ރައީސް ޑރ.މުއިއްޒު މި ނިންމެވުން ނިންމަވާފައ...

29 Apr 2024 | 11:17

ސިވިލް ސާވިސް ވަޒީފާތަކުން ވަކިވެފައިވާ ބޭފުޅުންނަށް އަލުން ސިވިލް ސާވިސްއާ ގުޅުމަށް ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ.މުއިއްޒު މި ނިންމެވުން ނިންމަވާފައިވަނީ، އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހަޅާފައިވާ ކަރުދާހަކާއި ގުޅިގެންނެވެ. މި ނިންމެވުން ނިންމަވާފައިވަނީ ވަޒީރުންގެ މެންބަރުންގެ މަޖިލީހާއި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިގޮތުން މި ނިންމެވުމާއި އެކު ، ސިވިލް ސާވިސްގައި މީހުން ހޯދުމަށް ދަތި ދާއިރާތަކާއި، ވަގުތީ މަގާމުތަކުގެ ވަޒީފާތަކަށް ޝައުގުވެރިކަން ހުރި  މީހުންނާއި، އެކި ދާއިރާ ތަކުގައި ވަޒީފާ އަދާކޮށްފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މިފަދަ މަގާމުތަކަށް މީހުން ބޭނުން ވެއްޖެ ހިނދެއްގައި، އެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ވަޒީފާއަށް ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ، އެ ދާއިރާއާއި ދުރަށް ގޮސްފައިވާ ނަރުހުންނާއި، އެހެނިހެން ސިއްޙީ ހިދުމަތްތެރިންނަށް އަލުން ޙިދުމަތަށް އެބުރި އައުމުގެ މަގު ތަނަވަސް ކޮށްދެއްވުމަށް ޙާއްސަ ސިޔާސަތުތަކެއް އެކުލަވާލަން ރައީސް ވަނީ ނިންމަވާފައެވެ.

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، ސިވިލް ސާވިސްގެ މުވައްޒަފުން ހޯދުމުގެ ދަތިތަކާއި އެހެނިހެން ކަންކަމާއި ގުޅިގެން މަޝްވަރާ ކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް