ބައިނަލްއަގުވާމީ އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމަކަށް ފޮރިން މިނސްޓަރ ސައުދީއަށް

ބައިނަލްއަގުވާމީ އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިއަދު ސައުދީއަށް ވަޑައިގެންފިއެވެ. މިނިސްޓަރ މޫސާ ޒަމީރު ސައުދީއަށް ވަޑައިގެން...

29 Apr 2024 | 08:15

ބައިނަލްއަގުވާމީ އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިއަދު ސައުދީއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ މޫސާ ޒަމީރު ސައުދީއަށް ވަޑައިގެންނެވީ، ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްޙާން އަލް ސައުދު އަދި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ރައީސް ބޯގޭ ބްރާންޑޭގެ ދައުވަތަކަށްށެވެ. ފޮރިން މިނިސްޓަރ ސައުދީއަށް ވަޑައިގެންނެވީ ސައުދީގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިންގް އޮން ގްލޯބަލް ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމެންޓުގައި ބައިވެރިވެލެއްވުމަށެވެ.

މިނިސްޓަރ ޒަމީރު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުފައިވަނީ، މި ދަތުރުފުޅުގައި އިސްވެރިންނާ ބައްދަލުކުރެވޭނެ ކަމަށާއި އަދި މި ދަތުރު ފުޅުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ގޮތުން އެއްބާރުލުން ހޯދުމަށް ބޭނުންވާ ޕާޓްނާޝިޕްތައް ގާއިމު ކުރުން ކަމުގައެވެ.

ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ މި ބައްދަލުވުމުގައި އެކި ދާއިރާ ތަކުގެ 700 އަށް ވުރެން ގިނަ އިސްވެރިން ބައިވެރިވެލައްވައެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ އެކި ގޮން ޖެހުން ތަކާއި ކުރިމަތިލުމަށް މަޝްވަރާތަކެއް ކުރެވިގެން ދާނެކަމަށްބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް