ވަޒީފާނެތް ޒުވާނުންގެ އަދަދު ޗައިނާގައި އިންތިހާއަށް މައްޗަށް - ވަޒީފާތައް އިތުރުކުރުމަށް ސަރުކާރުން މިސްރާބު ޖަހާފައި

އިގްތިސާދީ ކުރިއެރުން ބާރު ސްޕީޑެއްގައި އިތުރުވަމުންދާއިރު ޗައިނާއިން ކުންފުނިތަކަށް ހިތްވަރު ދެމުން އަންނައިރު، ލޭބަރ މާކެޓާ މެދު ކަންބޮޑުވުންތައް ދެމިއޮތުމާއި ޒުވާނުންގެ ތެރޭގައި ވަޒީފާނެތް މީހުންގެ...

29 Apr 2023 | 18:40

އިގްތިސާދީ ކުރިއެރުން ބާރު ސްޕީޑެއްގައި އިތުރުވަމުންދާއިރު ޗައިނާއިން ކުންފުނިތަކަށް ހިތްވަރު ދެމުން އަންނައިރު، ލޭބަރ މާކެޓާ މެދު ކަންބޮޑުވުންތައް ދެމިއޮތުމާއި ޒުވާނުންގެ ތެރޭގައި ވަޒީފާނެތް މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް ޗައިނާއިން ބުނެ އެވެ.

ޗައިނާގެ ކެބިނެޓް ސްޓޭޓް ކައުންސިލުން ވަނީ ވަޒީފާ ކުރިއެރުވުމަށް ތަފްސީލީ ޕްލޭނެއް ބުދަ ދުވަހު ޝާއިއުކޮށްފަ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ވިޔަފާރިތަކުގެ ތެރޭގައި ރިކްރޫޓްމަންޓް ފުޅާކުރުމުގެ އިތުރުން އަލަށް ގްރެޖުއޭޓްވެ ވަޒީފާ ހޯދަން އުނދަގޫވާ ޒުވާނުން އެހީތެރިވުމުގެ ގޮތުން ވަޒީފާދޭ ފަރާތްތަކަށް ސަބްސިޑީ ދިނުން ހިމެނެ އެވެ.

ވަޒީފާތަކަށް އަލިއަޅުވާލާފައިވަނީ 16 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ އާބަން އަންއެމްޕްލޯއިމަންޓް ރޭޓް މިދިޔަ މަހު %19.6 އަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާފައި ވަނިކޮށެވެ. މިއީ މިދިޔަ ޖުލައި މަހު ހެދި ރެކޯޑާ ގާތްގަނޑަކަށް އެއްވަރެވެ. މި ރޭޓް ކުރިއަށް އޮތް މަސްތަކުގައި އިތުރުވާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.

ސްޓޭޓް ކައުންސިލްގެ ޕްލޭންގައި ހިމެނެނީ އާންމު މުއައްސަސާތަކުގެ ސައިޒު — ކޮމިއުނިސްޓް ޕާޓީ އާއި ސަރުކާރުގެ ޖަމިއްޔާތައް ހިމެނޭ ގޮތަށް — އެއްވަރެއްގައި އޮންނާނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކުން ވައުދުވުމެވެ. އެމީހުން ވަނީ އެ ޖަމާއަތްތަކަށް އިލްތިމާސްކޮށް، މިހާރު ހުރި ހެޑްކައުންޓް ބޭނުންކޮށްގެން ގްރެޖުއޭޓް ކުދިން ހޯދުމަށެވެ.

އަދި ޒުވާނުންނަށް މަދުވެގެން 1 މިލިއަން އިންޓަރންޝިޕް މަގާމު ގާއިމް ކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށާއި، އެކަން ހާސިލް ކުރެވޭނީ ވަޒީފާދޭ ފަރާތްތަކަށް ސަބްސިޑީ ދީގެން ކަމަށް ޕްލޭންގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް