އަންހެން ވިޔަފާރިވެރި އުފެއްދުންތެރިން އިތުރަށް ބާރުވެރިކުރުވުމަށް ވީއަމް އާއި މޫލީ އާއި ޕަރޓްނަރވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން އަންހެން ވިޔަފާރިވެރި އުފެއްދުންތެރިންގެ އުފެއްދުންތައް މޫލީ މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު އެ އުފެއްދުންތެރިންނަށް ލިބިގެންދާނެއެވެ.
ވީއަމް ޖަމިއްޔާއަކީ ދިވެހި އަންހެން ވިޔަފާރިވެރި އުފެއްދުންތެރިން ޕްރޮމޯޓްކުރުމާއި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ގުޅިގެން އެ އުފެއްދުންތެރިންނަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ތަމްރީނު ފުރުސަތު ތަކާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
އުރީދޫގެ މޫލީ އަކީ ބޮޑު މާކެޓަކަށް އުފެއްދުން މާކެޓުކޮށް ވިއްކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދެމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމެކެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް މޫލީ މެދުވެރިކޮށް ތަކެތި ވިއްކުމުގެ ފުރުސަތު އޮންނައިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް މޫލީން އެ އުފެއްދުންތައް ހިލޭ ޑެލިވަރ ކޮށްދެއެވެ. ދިވެހި އަންހެން ވިޔަފާރިވެރި އުފެއްދުންތެރިންނަށްވެސް އެ އުފެއްދުންތެރިންގެ ވިޔަފާރިއާއި އުފެއްދުންތައް ބޮޑު މާކެޓަކަށް ޕްރޮމޯޓްކޮށްލަން މޫލީއަކީ އެންމެ އެކަށޭނެ ޕްލެޓްފޯމަށް ވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ވީއަމްގެ މެމްބަރ ވިޔަފާރިވެރި އުފެއްދުންތެރިންގެ އުފެއްދުންތައް މޫލީ މެދުވެރިކޮށް ޕްރޮމޯޓްކޮށްދޭނެއެވެ. އެ އުފެއްދުންތަކުގެ ތެރޭގައި ހޯމް މޭޑް ޖްވެލަރީ، ކޮކޮނަޓް އޮއިލް، އަދި ހޭންޑިކްރާފްޓްސް ހިމެނެއެވެ. މި އުފެއްދުންތައް މޫލީ ވެބްސައިޓްގެ "ހަދިޔާ ވިތު ވީމް" ކަލެކްޝަނުން ލިބެން ހުންނާނެކަމުގައި މޫލީން ބުނެއެވެ.
މި ކަލެކްޝަނުން ލިބެން ހުންނާނެ އުފެއްދުންތަކުގެ ތެރޭގައި:
- ކިޑްސް ބުކް ބަންޑަލް ބައި ޔުނިކްރާފްޓް އެމްވީ
- ހޭންޑް މޭޑް އިއަރިންގްޒް ބައި އުމޭޒް އެމްވީ
- ހޭންޑްމޭޑް ޖުވެލަރީ ސެޓް ބައި ފަހޫ ކަލެކްޝަން
- ކީޗެއިންސް ބައި އީޔާއެމްވީ
- ނަޓް ބަޓަރސް ބައި ލޯ ކެލޮރީ
މި އުފެއްދުންތައް ބައްލަވައިގަނެ ގެއާއި ހަމައަށް ހިލޭ ޑެލިވަރ ކޮށްލުމަށް: https://mool.ee/hadhiyaa
މި އެއްބަސްވުމުގެ ސަބަބުން ދިވެހި އަންހެން ވިޔަފާރިވެރި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ސަޕޯޓް ކުރުމުގެ ފުރުސަތު އަދި އެ އުފެއްދުންތެރިން އިތުރަށް ބާރުވެރި ކުރުވާނެ ފުރުސަތަކަށް މި ފުރުސަތު ވެގެންދާނެ ކަމުގައިވެސް މޫލީން ގަބޫލު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް