ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދޭނަން: ރައީސް ސޯލިހް

ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމުގެ ހެޔޮ ހަބަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްވައިފިއެވެ. ރައީސް މި ހަބަރު ދެއްވީ ދިވެހި ފުލުހ...

29 Apr 2023 | 17:22

ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމުގެ ހެޔޮ ހަބަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްވައިފިއެވެ.

ރައީސް މި ހަބަރު ދެއްވީ ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްޓަކައި ފުލުހުންގެ ޚިދުމަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް އެބަހުރިކަމާއި އަދި ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައްވެސް އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލެއް ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމާއި ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް