މޯލްޑިވްސް މީޑިއާ ކައުންސިލަށް ތިން މެމްބަރުން އިންތިހާބު ކޮށްފި އެވެ.
މިއަދު އިންތިހާބު ކޮށްފައިވަނީ މީޑިއާތައް ތަމްސީލް ކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެކެވެ.
މީޑިއާތައް ތަމްސީލް ކުރާ ގޮނޑި ހުސްވީ މެމްބަރެއްގެ ދައުރު ހަމަވުމުންނެވެ. އާންމުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ދެ މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ.
މިއަދު ބޭއްވި އިންތިހާބުގައި މީޑިއާ ތަމްސީލުކުރާ މެމްބަރަކަށް ހޮވިފައިވަނީ އަލީ އާދަމެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބުކުރާ ދެ މަގާމަށް ހޮވިފައިވަނީ ޖައިލަމް ތައުފީގާއި އަލީ އިސްމާއިލެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކައުންސިލްގެ މެމްބަރުކަމުގެ ދައުރަކީ ދެ އަހަރުގެ މުއްދަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް