އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ހޯމަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފިއެވެ.
އެގޮތުން ރިޕޯޓްކޮށްފައިވާ އެއް މަސްދަރެއްގައި ބުނެފައިވަނީ ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. މަގްސަދަކީ ދާހިލީ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.
ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގެ ވާހަކަ އިންޑިއާގެ ޒީ ނެޓްވޯކްގެ ދަށުން ހިންގަމުން އަންނަ ވަޔޮން ނޫހުގެ ޑިޕްލޮމެޓިކް އެންޑް ޑިފެންސް ކަރެސްޕޮންޑެންޓް ސިއްދާންތު ސިބަލްވެސް ޓްވީޓްކޮށްފައިވެއެވެ.
https://twitter.com/sidhant/status/1652159347387162625
ހޯމަ ދުވަހު އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާއިރު، އިންޑިއާގެ ޗީފް އޮފް އެއާ ސްޓާފް، ޗީފް މާޝަލް ވީއާރް ޗޯދަރީ ހަމަ އެ ދުވަހު ލަންކާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އާއި އަދި އިތުރު ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާނެކަމުގައިވެސް މަސްދަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް