އެސްސީއޯ ސަމިޓްގައި ޗައިނާގެ ޑިފެންސް މިނިސްޓަރާ ސަލާން ކުރުމަށް އިންޑިއާ ޔޫނިއަން މިނިސްޓަރ އިންކާރުކޮށްފި

އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޓެންޝަން އަށް އަލިއަޅުވާލާ، ބޯޑަރު މައްސަލަ އަށް ހައްލެއް ހޯދުމަށް ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ މެމްބަރު ގައުމުތަކުގެ ދެ ގައުމުގެ ބައްދަލުވުންތައް...

29 Apr 2023 | 12:21

އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޓެންޝަން އަށް އަލިއަޅުވާލާ، ބޯޑަރު މައްސަލަ އަށް ހައްލެއް ހޯދުމަށް ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ މެމްބަރު ގައުމުތަކުގެ ދެ ގައުމުގެ ބައްދަލުވުންތައް ފެށިގެން ކުރިއަށް ދިޔައިރު، ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވާ މިންވަރު އެންމެ ބޮޑަށް ފެނިގެންދިޔައީ  ޔޫނިއަން ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ޝަންހާއީ  ޗައިނާއާ ޑިފެންސް މިނިސްޓަރ ސަލާން ކުރުމަށް އިންކާރުކުރި ހިސާބުންނެވެ.

ނޫސް އެޖެންސީ އޭއެންއައި އިން އާންމުކުރި ވީޑިއޯގައި ރާޖްނާތު ސިންގް އޭނާގެ ޗައިނާގެ ކައުންޓާޕާޓަށް މަރުހަބާ ކިޔާތަން ފެންނުނު ނަމަވެސް އީރާނާއި ތަޖިކިސްތާނުގެ އެހެން އެކުވެރިންނަށް މަރުހަބާ ކިޔުމަށް ކުރި ފަދައިން ސަލާމެއް ނުކުރެއެވެ.

ނަމަވެސް މި ބައްދަލްވުމުގައި ދެގައުމުގެ ޑިފެންސްއާ ގުޅުންހުރި މައްސަލަތަކާއި ދެފަރާތުގެ މަސްލަހަތު ހިމެނޭ އެހެނިހެން ކަންކަމާ ގުޅޭގޮތުން ވަޒީރުން ވަނީ މަޝްވަރާކޮށްފައެވެ.

ފުރަތަމަ ބައިލެޓަރަލް ބައްދަލުވުމުގައި ކަޒަކިސްތާނުގެ ޑިފެންސް މިނިސްޓަރު ކާނަލް ޖެނެރަލް ރުސްލާން ޒާކްސިލިކޯވް އާއި އީރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރެޒާ ޣަރައީ އަޝްތިޔާނީ އާއި ތަޖިކިސްތާނުގެ ޑިފެންސް މިނިސްޓަރު ކާނަލް ޖެނެރަލް ޝެރާލީ މިރްޒޯ އަދި ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ގަލްވާންގެ ބޯޑަރު މައްސަލައާއި ގުޅިގެން ޗައިނާގެ ޑިފެންސް މިނިސްޓަރު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާ އާއި ޗައިނާއިން ދާދި ފަހުން ވަނީ ޗައިނާގެ ޗުޝުލް-މޯލްޑޯ ބޯޑަރު ބައްދަލުވުމުގައި އިންޑިއާ-ޗައިނާ ކޯޕްސް ކޮމާންޑަރ ލެވެލް ބައްދަލުވުމުގެ 18 ވަނަ ބުރު ބާއްވާފައެވެ. ކޯޕްސް ކޮމާންޑަރ ލެވެލް ބައްދަލުވުމުގެ 18 ވަނަ ބުރުގައި އިންޑިއާ، އަދި ޗައިނާއިން އެއްބަސްވީ އެލްއޭސީގެ ހުޅަނގު ދާއިރާގައި ބިންމަތީގައި ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް