ލ. ގަމު މޫދުގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ ލ. ގަން ސައީދާ މަންޒިލް، އަހްމަދު މުހައްމަދު 69އ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު މަރުވެފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނު މޫދަށް ދިޔަގޮތަށް ހަބަރެއް ނުވެގެން ހޯދަން ދިޔައިރު ގޮޑުދޮށަށް ލައްވެފައި އޮއްވައެވެ.
އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ މެންދުރު 1:00 ހާއިރު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އަހްމަދަކީ އާންމުކޮށް ކޮންމެ ދުވަހަކު ވެސް މޫދަށް ގޮސް އުޅޭ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް