އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމާއި ރަސްމީކޮށް ހަވާލުވުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ރަސްމިއްޔާތުގައި ހޮލީވުޑްގެ ތަރިންނާއި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ފަންނާނުން ބައިވެރިވެ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވާ ހޮލީވުޑް ފަންނާނުންގެ ތެރޭގައި ޓޮމް ކްރޫޒް އާއި މިއުޒިކް ބޭންޑް ޕުސީކެޓް ޑޯލް މެމްބަރުން ހިމެނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހަލްފާގައި ސޯނަމް ސްޓޭޖުގައި ވާހަކަ ދައްކައި ހުށަހެޅުމެއްގައި ބައިވެރިވާނެ އެވެ. އޭނާ ވާހަކަދައްކައި ތައާރަފުކޮށްދޭން ނިންމާފައިވަނީ ކޮމަންވެލްތް ވާޗުއަލް ޗޮއަރ އެވެ.
ޗޯނަމް އަކީ އިންޑިއާ ރައްޔިތެއްގެ އިތުރުން އިނގރޭސިވިލާތުގެ ރަށްވެހިކަން އޮންނަ މީހެކެވެ. އެއީ އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އަތުގައިވެސް އެ ގައުމުގެ ރަށްވެހިކަން އޮންނާތީ ކައިވެންޏަށް ފަހު އެ ގައުމުގައި ދިރިއުޅުމަށް ރަށްވެހިކަން ހޯދީ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަހަރު ފުރަތަމަ ދަރިފުޅު ލިބުނު އަނަންދާއި ސޯނަމް ބުނެފައިވާ ގޮތުގައި އެމީހުންގެ ދަރިފުޅު ބޮޑުކުރަން ބޭނުންވަނީ އިނގިރޭސިވިލާތުގައި އެވެ. އެ ގައުމަކީ ކުޑަކުއްޖަކު ބޮޑުކުރަން އެންމެ ރަނގަޅު މާހައުލު ކަމަށް ސޯނަމް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް