ލިބުނީ ކާމިޔާބެއް ނޫން، އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަންޖެހޭނެ: ޑރ. މުނައްވަރު

ލިބުނީ ކާމިޔާބެއް ނޫން ކަމަށާއި އިހުމާލުވި ފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނ...

29 Apr 2023 | 06:36

ލިބުނީ ކާމިޔާބެއް ނޫން ކަމަށާއި އިހުމާލުވި ފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައަޅާފައިވާ މައްސަލައަށް އިޝާރަތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޑރ. މުނައްވަރުގެ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ޗާގޯސްއަށް ލިބުމުގައި އިހުމާލުވި ފަރާތްތައް ޒިންމާކުރުވަން ޖެހޭނެ ކަމަށެވެ.

އަދި ޤާނޫނަކުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބެއް ނޫން ކަމަށް މުނައްވަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/MMunavvar/status/1652165353525608448

މީގެ އިތުރުން އެއީ ހިތާމައެއް ކަމަށާއި އެހެންކަމުން މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަން ޖެހޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ވަނީ 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށް ނިންމާފަ އެވެ. އަދި މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

ޗާގޯސް މައްސަލައާ ގުޅިގެން ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން އިޓްލޮސްއިން ނިންމި ނިންމުމާއި ދެކޮޅަށް ވާހަކަދައްކަމުން އަންނައިރު މި ނިންމުމަށް ތައުރީފްކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށާއި އަދި ސަރުކާރަށް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް