ކުރިއަށް އޮތް ތިން ދުވަހުގެ މޫސުމަށް ބެލި ނަމަވެސް ލަފާ ކުރެވެނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރުން ކަމުގައި މެޓުން ބުނެފިއެވެ.
މިއަދު ދުވަހަށް މައުލޫމާތުދެމުން މެޓުން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
"ވައި އަދިވެސް މަޑުކޮށް ފެންނަނީ، ފަސް މޭލާއި ފަނަރަ މޭލާއި ދެމެދުގަ ހުންނާނެ ކަމަށް، ކަނޑުތައްވެސް މަޑުވާނެ" މެޓުން ބުންޏެވެ.
ކުރިއަށް އޮތް ހަފްތާއަށް ނިމުތު ކުރާގޮތް ހާމަކުރަމުން މެޓުން ބުނީ ކުރިއަށް އޮތް ތިން ދުވަހުވެސް މިހާރެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެކަމުގައި ބެލެވޭކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތިން ދުވަހުވެސް ވަޔާއި ކަނޑު ގަދަވާނެކަމަށް ނުބެލެވޭކަމަށް މެޓުން ބުންޏެވެ. ތިން ދުވަހަށްފަހު ވައި ގަދަވާން ފަށާނެކަމަށް ލަފާކުރެވޭކަމުގައިވެސް މެޓުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް