ޗާލްސް ރަސްކަމާއި ރަސްމީކޮށް ހަވާލުވުމުގެ ރަސްމިއްޔާތަށް ބައިޑެން ވަޑައިނުގެންނަވާ!

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ރަސްކަމާއި ހަވާލުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައި ނުގެންނަވާނެ ކަމަށް ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްއިން ...

29 Apr 2023 | 05:41

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ރަސްކަމާއި ހަވާލުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައި ނުގެންނަވާނެ ކަމަށް ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްއިން ހާމަކޮށްފި އެވެ.

ޝާހީ ގަނޑުވަރުން މީޑިއާގައި ބުނީ ރަސްގެފާނު ޗާލްސް އާއި ރައީސް ބައިޑެން އަކީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށެވެ. އެހެންވެ އެ ރަސްމިއްޔާތަށް އެންމެ ފުރަތަމަ ދައުވަތު އެރުވި ބޭފުޅުންގެ ތެރޭގައި ބައިޑެން ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދައުވަތާއި ގުޅިގެން ބައިޑެން ވަނީ ފޯނުން ގުޅުއްވައި ރަސްގެފާނާއި ވާހަކަދައްކަވާފައި އެވެ. އަދި އޭނާގެ ބަދަލުގައި އެ ރަސްމިއްޔާތުގައި އަނބިކަނބަލުން ޖިލް ބައިޑެން އާއި އެމެރިކާގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނަވާނެ ކަމުގެ ޔަގީންކަން އެރުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެކަމަކު އެ ރަސްމިއްޔާތުގައި ބައިޑެން ބައިވެރިވެވަޑައި ނުގެންނަވާ ސަބަބު ފޯނު ކޯލުގައި ވިދާޅުނުވެ އެވެ. ބައިޑެން ވިދާޅުވީ މުސްތަގުބަލުގައި ދެބޭފުޅުން ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ރަސްކަމަށް ބޭފުޅުން އިސްވާ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސަކު މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ބައިޑެން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނަވަނީ އެ ސަގާފަތް ދެމެހެއްޓުމަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފައި އެވެ.

އެކަމަކު ތާރީހުގައި އެކަން ހިނގާފައިވަނީ ސިޔާސީ ކަމަށްވުރެ ބޮޑަށް އޭރުގެ އެމެރިކާގެ ރައީސުންގެ އަމިއްލަ ކަމެއްގެ ސަބަބުން ބައިވެރި ނުވެވިގެން ކަމަށް ބުނެފައިވެ އެވެ.

ޗާލްސް ތިނެއް ރަސްމީކޮށް ރަސްކަމާއި ހަވާލުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް