ކ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ

މެދު ރާއްޖެ ތެރޭގެ ބައެއް ސަރަހައްދުތަކަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވާނީ ކ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އ...

29 Apr 2023 | 04:35

މެދު ރާއްޖެ ތެރޭގެ ބައެއް ސަރަހައްދުތަކަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވާނީ ކ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެ ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ނެރެފައި އެވެ.

ސަމާލު ނެރެފައިވަނީ ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މިވަގުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ބާރަށް ގުގުރާނެ ކަމަށް ބުނެފައި ވެއެވެ.

މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައި އެވެ.

މެޓުން ބުނިގޮތުގައި ކުރިޔަށް އޮތް ހަފްތާގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް