12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލަ ހުށަހެޅީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ހާދިސާ ހިނގީ ކ. އއ، އދ، އަދި ވ. އަތޮޅު ހިމެނޭ ނޯތް ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއަށް އަނިޔާކޮށްގެންނެވެ. މި މައްސަލައިގަ މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް