އީދަށް ހަނދުބެލުން މާދަމާ ރޭ

މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މާދަމާރޭ ކުރިއަށްގެންދަން ނިންމައިފިއެވެ. މި ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގައެވެ. ހަނދު ސާބިތުކުރުމަށް ބާއްވާ މި ޖަލްސާގައި ހ...

29 Apr 2022 | 12:43

މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މާދަމާރޭ ކުރިއަށްގެންދަން ނިންމައިފިއެވެ.

މި ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގައެވެ. ހަނދު ސާބިތުކުރުމަށް ބާއްވާ މި ޖަލްސާގައި ހަނދު ސާބިތުކުރުމާގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި، ފަަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބިނާކޮށް ފިތުރު އީދުގެ ފުރަތަމަ ދުވަސް އިއުލާނުކުރާނެއެވެ.

ހަނދު ބެލުމުގެ ފުރުސަތު ހަމަ ކޮންމެ މީހަކަށްވެސް އޮންނައިރު ސައްވާލުމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައެވެ. ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތްނަމަ ހެކިބަސް ދޭނީ އެ ރަށެއްގެ ކައުންސިލް އިދާރާ ހިންގުމާ ހަވާލުހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައެވެ.

ކަލަންޑަރުދގައިވާގޮތުންނަމަ މި ހިނގާ ރަމަޟާން މަހަކީ 30 ދުވަސް ހިމެނޭ މަހެކެވެ. ކަލަންޑަރަށް ބަލާނަމަ މި އަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ އަންނަ މެއި މަހުގެ ދޭއް ވާ ހޯމަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް