1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދިޔަ އިޙްޔާ ފޯރަމްތަކުގައި ބައިވެރިވެގެން ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާޟު ދީފި އެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އަތޮޅުތަކާއި މާލެ ވަކިން ނެގި މި ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކާއި ލިބުނު އިނާމުތަކަކީ:
އަތޮޅުތެރޭގެ ބައިން 1 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 4665 – ލިބޭ އިނާމަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ސްޕޮންސަރ ކުރައްވާފައިވާ ޢުމްރާ ދަތުރެކެވެ.
މާލޭގެ ބައިން 1 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 2346 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ސްޕޮންސަރ ކުރައްވާފައިވާ ޢުމްރާ ދަތުރެކެވެ.
އަތޮޅުތެރޭގެ ބައިން 2 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 6822 – ސަމްސަން ގެލެކްސީ އެސް22 ޕްލަސް ފޯނެއް. ސްޕޮންސަރ ކުރައްވާފައިވާ ފަރާތަކީ ދިރާގެވެ.
މާލޭގެ ބައިން 2 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 11016 – ސަމްސަން ގެލެކްސީ އެސް22 ޕްލަސް ފޯނެއް. ސްޕޮންސަރ ކުރައްވާފައިވާ ފަރާތަކީ ދިރާގެވެ.
އަތޮޅުތެރޭގެ ބައިން 3 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 3201 – އެންމެ ފަހުގެ 65 އިންޗީގެ ޓީވީއެއް ސްޕޮންސަރ ކުރައްވާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)އިންނެވެ.
މާލޭ ބައިން 3 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 10007 – އެންމެ ފަހުގެ 65 އިންޗީގެ ޓީވީއެއް ސްޕޮންސަރ ކުރައްވާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އިންނެވެ.
އިޙްޔާ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކުގެ ތެރެއިން މިރޭ އިނާމާއި ޙަވާލުނުވެވޭ ބޭފުޅުންނަށް އިނާމާއި ޙަވާލުވެވޭނެ ގޮތް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުތަކުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ 7924881 ނަމްބަރަށް ވައިބާ ކުރުމަށް އެދިފައިވެ އެވެ.
އިނާމާއި ޙަވާލުވާން އެހެން މީހަކު ފޮނުވާނަމަ ގުރުއަތުން ހޮވުނު ފަރާތުގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމު ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް