އިދިކޮޅު ޕީޕީއެމްއަށް ސަޕޯޓު ކުރާ އަދި އެ ޕާޓީއަށް ސޮއިކޮށްގެން ތިބި އާއިލާއެއްގެ މެމްބަރުންތަކެއް އަދާލަތު ޕާޓިން ވަގަށް ނެގި ކަމަށް ބުނާ ވާހަކައަށް އެ ޕާޓިން ރައްދު ދީފި އެވެ.
ޕީޕީއެމްގެ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޝަކުވާ ޕާޓީއަށް ކުރީ އިއްޔެ ކަމަށެވެ. ފޯމުގައި ޖަހާފައިވާ ފޯނު ނަމްބަރު ދިމާނުވާ ކަމަށާއި އިލެކްޝަނަށް ހުށަހެޅި ފޯމުގައި ޖަހާފައިވަނީ ފައިގެ ބޮޑުވައި އިނގިލީގެ ނިޝާންކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގަ އަދާލަތު ޕާޓީން ބުނީ ޕާޓީއަށް ވަންނަ އެދޭ މީހުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަނީ ގާނޫނާގައި ގަވައިދުގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކޮށްފައި ކަމަށެވެ. ސައްހަ ނޫން ފޯމުތައް ބާތިލުކޮށްފައިވާނެ ކަމަށް ބުނެ އެވެ.
އެ ޕާޓީން ބުނީ ދަފުތަރުގައި ވާ ފަރާތްތަކުގެ ތެރެއިން ނަން އުނި ކުރަން ބޭނުންވާ ފަރާތްތަކުގެ ނަން އުނިކޮށްދީފައިވާނެ ކަމަށެވެ.
https://twitter.com/AdhaalathOffice/status/1519752944685572096
މި މައްސަލައިގަ ޝުޖާއު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެ މައްސަލަ ޕީޕީއެމްއިން ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެ ވައްކަން ހުއްޓުވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ ދައުރެއް މިކަމުގައި އޮތްތޯވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކޮށްފައިވަނީ އެގޮތަށް ވައްކަން ކޮށްގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް