ހއ އިހަވަންދޫ "އައްޑަނަ" ނަމަކަށްކިޔާ މަސްދޯންޏަކުން 60 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
އައްޑަނަ ދޯނީގެ ކެޔޮޅާ ހަވާލާދީ އެރަށު ނޫހެއް ކަމަށްވާ އިހަވަންދޫ ޑޮޓް ކޮމްގައި ބުނެފައިވަނީ މިއަދު ހެނދުނު ދިހައެއް ޖަހާކަންހާއިރު ހއ ހަތިފުއްޓާ ދިމާލުން 46 މޭލު ބޭރުން ހޮވި އެމާވަހަރަކީ ހުދަންބަރެއް ކަމަށްބެލެވޭ ކަމަށެވެ.
ޖުމްލަ 18 މީހުންނާއެކު މަހަށް ނިކުމެ އުޅުނު އައްޑަނަ ދޯނި މާވަހަރާއެކު މިހާރު އިހަވަންދޫއަށް ދަތުރު ކުރަމުން އަންނަ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް