އިހުތިޖާޖު ކުރުމާއި ގުޅިގެން ތިން މެންބަރެއްގެ ކޮމިޓީ އެލަވަންސް އުނިކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރީގައި އިއްޔެ އިހްތިޖާޖުކުރި ތިން މެމްބަރުންގެ ކޮމިޓީ އެލަވަންސާއި މަޖިލީހުގެ ދަތުރުތަކުން އެ ބޭފުޅުން ސަސްޕެންޑްކުރަން ސުލޫކް ކޮމިޓީން ފާސްކޮށްފި އެވެ. އިއ...

29 Apr 2015 | 10:13

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރީގައި އިއްޔެ އިހްތިޖާޖުކުރި ތިން މެމްބަރުންގެ ކޮމިޓީ އެލަވަންސާއި މަޖިލީހުގެ ދަތުރުތަކުން އެ ބޭފުޅުން ސަސްޕެންޑްކުރަން ސުލޫކް ކޮމިޓީން ފާސްކޮށްފި އެވެ.

އިއްޔެ ހަވީރު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ފިޔަވަޅު އަޅަން ނިންމާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމްގެ މައްޗަށެވެ.

އެ ތިން މެމްބަރުންގެ ކޮމިޓީ އެލަވަންސް އުނިކުރުމުގެ އިތުރުން، އެޅި ފިޔަވަޅުގައި މަޖިލީހުގެ ދަތުރުތަކުން ތިން މަސް ދުވަސް ވަންދެން އެ ބޭފުޅުން ސަސްޕެންޑް ކުރުން ހިމެނެ އެވެ. މި ފިޔަވަޅު ތަންފީޒުކުރާނީ ކޮމިޓީގެ ނިންމުން މަޖިލީހުން ފާސްކުރުމުންނެވެ.

މި ނިންމުން މަޖިލީހުން ފާސްކުމަށް ފަހު ވެސް މައާފަށް އެދިވަޑައިގެންފި ނަމަ އެ މެމްބަރަކާމެދު ފިޔަވަޅު އެޅުން މަޑުޖައްސާލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ސުލޫކް ކޮމިޓީން ފިޔަވަޅު އެޅި ތިން މެމްބަރުންގެ ތެރެއިން އިއްޔެ ކޮމިޓީ އަށް ހާޒިރުވެވަޑައިގަތީ މަހްލޫފު އެކަންޏެވެ.

މިއަދުވެސް މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ވަނީ އަޑުގަދަކޮށްފަ އެވެ. އަދި މަޖިލީހުގެ ޖަލްސާ ކުރިޔަށް ދިޔަ ގަޑީގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތައް ގެންގުޅެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް