ސިޔާސީ އިދިކޮޅު ފަރާތްތަކުން މޭ މަހުގެ އެއްވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާ "މޭޑޭ" ގައި ބައިވެރިވުމަށް ގއ ކޮލަމާފުއްޓާއި ތ ކިނބިދޫން ގިނަ ބަޔަކު މާލެ އައިސްފި އެވެ.
ކޮލަމާފުށީގައި ދުއްވާ ފަތުހުއްސަލާމް ބޯޓުން މިއަދު މެންދުރު ގިނަ އަދަދެއްގެ ބަޔަކާއެކު މާލެ ވަޑައިގެންނެވި ކޮލަމާފުށީ ކައުންސިލްގެ އެމްޑީޕީ މެންބަރު އިބްރާހީމް ވަހީދު ވިދާޅުވީ މޭޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކޮލަމާފުށިން މިއައީ ސަރުކާރުން ރައްޔިތުންނާ މެދު “ޖެއްސުމުގެ ފާޑަށް” އަމަލުތައް ބަހައްޓައި، ރައްޔިތުންނަށް އަނިޔާވެރިވަމުންދާތީ އެއަނިޔާވެރިކަން ހުއްޓުވުމަށް ގައުމީ ހަރަކާތުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ކަމަށެވެ.
"ވަހީދު ވިދާޅުވީ މޭޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަތުހުއްސަލާމް ބޯޓުން 99 މީހަކު މާލެ އައިސްފައިވާ ކަމަށާއި، އެއީ އެ ބޯޓުގެ ކެޕޭސިޓީ ތަންދޭ ވަރު ކަމަށް، މި 99 މީހުންގެ އިތުރުން މި ހަފްތާގެ ކުރީކޮޅުން ފެށިގެން ވައިގެ މަގުން ވެސް ކޮލަމާފުށިން ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވޭ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެރަށުން ގިނަ އަދަދެއްގެ ބަޔަކު މޭޑޭއަށް މާލެ އަންނާނެ" ވަހީދު ވިދާޅުވި އެވެ.
ކޮލަމާފުށީގެ އިތުރުން ހުވަދު އަތޮޅުގެ އެހެން ރަށްރަށުން ވެސް މޭޑޭއަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަހީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް