ޝައިހް އިމްރާން އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފި

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ، ޕާސްޕޯޓް ހިފައިގެން ޑިޕާޓްމެންޓް އޮފް އިމިގްރޭޝަނަށް ހާޒިރުވުމަށް އެ ޑިޕާޓްމެންޓުން އަންގައިފި އެވެ. އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އިޔާދު ހަމީ...

29 Apr 2015 | 08:58

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ، ޕާސްޕޯޓް ހިފައިގެން ޑިޕާޓްމެންޓް އޮފް އިމިގްރޭޝަނަށް ހާޒިރުވުމަށް އެ ޑިޕާޓްމެންޓުން އަންގައިފި އެވެ.

އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އިޔާދު ހަމީދު ވިދާޅުވި ގޮތުގައި، އިމިގްރޭޝަނަށް އިމްރާން ހާޒިރުވުމަށް އަންގާފައިވަނީ ހަވީރު 04:00 އަށެވެ.

އޭނާ ވިދާޅުވީ ހާޒިރު ކުރާ ސަބަބު ބުނެދީފައިނުވާ ކަމަށާއި ހަމައކެަނި ބުނެފައިވަނީ މައުލޫމާތުތަކެއް ސާފުކުރުމަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

އެ އެންގުމާއި ގުޅޭގޮތުން އިމިގްރޭޝަނުން އަދި އެއްޗެއް ނުބުނެ އެވެ. އަދި ޝެއިހް އިމްރާންވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އިމިގްރޭޝަނަށް އިމްރާން ހާޒިރުވުމަށް މި އެންގީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މެއި އެކެއްގައި މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި އިދިކޮޅޫ ފަރާތްތަކުން ވަނީ އެ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް