ބަނގުރާ ފުޅިތަކަކާއި އެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި

މާފަންނު ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 5:30ގައި ހިންގި އޮޕަރޭޝަނުގައި މ. ރަންދޯދިގެ ކޯޓު އަމުރެއްގެ ދަށު...

29 Apr 2015 | 08:40

މާފަންނު ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 5:30ގައި ހިންގި އޮޕަރޭޝަނުގައި މ. ރަންދޯދިގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވަނީ އިންޑިއާ ފަސް މީހުން ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ބުނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު 32 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 37 ފުޅި ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް