މޭ 1 ވަނަ ދުވަހު މާލޭގައި ފުލުހުން ހިންގާ ޚާއްޞަ އޮޕަރޭޝަންތަކަކަށް ފުލުހުން ވެފައިވާ ތައްޔާރީ ޙާލަތު ބަލައި ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ވަރުގަދަ ކުރުމުގެ ޚާއްޞަ ދުވުމެއް މާލޭގައި ބާއްވައިފިއެވެ.
ފުލުހުން ބުނީ މާލޭ ބޮޑުތަކުރުފާނު މަގުގައި އޮތް މި ދުވުމުގައި އިންޓަރނަލް ސެކިއުރިޓީ ކޮމާންޑުގެ ފުލުހުންނާ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ފުލުހުން ބައިވެރިވެފައިވާކަމަށެވެ.
އަދި ފުލުހުންގެ ދުވުން ފެށުމުގެ ކުރިން ފުލުހުން މޭމަހުގެ 1 ވަނަ ދުވަހު މާލޭގައި ހިންގާ އޮޕަރޭޝަންތަކަށް ވެފައިވާ ތައްޔާރީތަކާ ފުލުހުންނަށް ބޭނުންވާ ޔުނީފޯމް އައިޓަމްތަކާ އެހެނިހެން ތަކެތި ހަމަވެފައިވޭތޯ ބަލާފައި ވާކަމަށާއި މިދުވުމުގައި މާލޭގައި މަސައްކަތްކުރާ އެކި ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް