އިިދިކޮޅު ފަރާތްތަކުގެ އެއްވުންތަކާއި މައުމޫނާއި އެއްވެސް ގުޅުމެއް ނެތް: ޕީޕީއެމް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރާ މުޒާހަރާތަކާއި އެއްވުންތަކާއި ހަމަނުޖެހުންތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެގެން ހިންގާ ކަންތައްތަކެއް ކަަމަށް އެމްޑީޕީގެ ޗެއާޕާސަން އަލ...

29 Apr 2015 | 06:25

އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ކުރާ މުޒާހަރާތަކާއި އެއްވުންތަކާއި ހަމަނުޖެހުންތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެގެން ހިންގާ ކަންތައްތަކެއް ކަަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުހުން ގާތު ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް ޕީޕީއެމުން ރޭ ބުނެފި އެވެ.

ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ރާވަމުން ދަނީ ރައީސް މައުމޫން، އިމްރާން ގާތު އެދިވަޑައިގަތުމުން ކަމަށް އަލީ ވަހީދު ފުލުހުން ގާތު ވިދާޅުވެފައިވާ ކަން އެ ޕާޓީ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ވާހަކަތައް ދޮގުކޮށް، އިމްރާނާއި އަލީ ވަހީދުގެ އަމަލުތައް ޕީޕީއެމުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ނުތަނަވަސްކަން އޮތް ކަމަށް ދައްކާ ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތެވެ. އެއީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ބަަޔަކު ދައްކާ ވާހަކަތަކެެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މެއި އެކެއްގައި ބާއްވަން އިދިކޮޅު ފަރާތްތަކުން ރާވާ އެއްވުމުގައި ޕީޕީއެމްގެ އެއްވެސް މެމްބަރަކު ބައިވެެރިނުވުމަށް އެ ބަޔާނުގައި ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް