މިލަންދޫން ގެއްލިގެން ހޯދަމުންދިޔަ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ށ. މިލަންދޫން ގެއްލިގެން ހޯދަމުންދިޔަ މީހަކު އެރަށު ބަނދަރު ސަރަހައްދު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ފުލުހުން ބުނީ މިލަންދޫން މީހަކު ގެއްލިގެން ފުލުހުންނަށް ރޭ 11:20 ހާއިރު ރިޕޯޓް ކުރުމާ...

29 Apr 2015 | 05:37

ށ. މިލަންދޫން ގެއްލިގެން ހޯދަމުންދިޔަ މީހަކު އެރަށު ބަނދަރު ސަރަހައްދު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިލަންދޫން މީހަކު ގެއްލިގެން ފުލުހުންނަށް ރޭ 11:20 ހާއިރު ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ރައްޔިތުން ގުޅިގެން ކުރަމުން ދަނިކޮށް، ރޭ 12:20 ހާއިރު އެމީހާ މޫދުގައި އޮއްވައި ފެނިފައިވާކަމަށެވެ. އަދި މިލަންދޫން ގެއްލިގެން ހޯދަމުންދިޔައީ އެރަށު ސީސަންގޭ، މުޙައްމަދު ހަސަން (80އަހަރު) ކަމަށެވެ.

މޫދަށް ވެއްޓިފައި ވަނިކޮށް ފެނުނު މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އެމީހާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށާއި މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު އެމީހާ ދިރިހުއްޓައި އެންމެފަހުން ފެނިފައިވަނީ އެރަށު ބަނދަރު ސަރަހައްދުން އިއްޔެ އިރު އޮއްސެހުނު ވަގުތުއެވެ. އެމީހާ ފެނުނުއިރު ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް