ލަވަކިޔުންތެރިޔާ މީރާ ޕީޕީއެމްއަށް ސޮއިކޮށްފި

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ރޭ ޕީޕީއެމަށް ސޮއިކޮށްފި އެވެ. ސ. އިސްމެހެލާ ހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަ...

29 Apr 2015 | 04:32

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ރޭ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

ސ. އިސްމެހެލާ ހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މީރާގެ އިތުރުން ލަވަކިޔުންތެރިޔާ ހައްވާ އަޝްރާ ވެސް ޕީޕީއެމަށް ސޮއިކުރި އެވެ.

އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްކަމަށްވާ މީރާގެ ބައްޕަ މެޒޯ މުހައްމަދު މާޖިދުގެ ދަރިފުޅު މީރާ ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ އޭނާގެ ބަރަހަނާ ފޯޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ލީކުވެފައިވަނިކޮށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުންދާކަން ހާމަކޮށްފައިވަނިކޮށެވެ.

މީރާ ޕީޕީއެމަށް ސޮއިކުރުމުން، "ގޮތް ހުސްކޮށްލުވާފައި ގަނެލަނީ" ކަމަށް ބުނެ މީރާގެ ބައްޕަ މެޒޯ ރޭގައި ޓުވީޓްކުރި އެވެ. އަދި އޭނާގެ ޓުވީޓާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންވަނީ މެޒޯ އަށް އަމާޒުވެފަ އެވެ.

އަޝްރާއަކީ މީގެ ކުރިންވެސް ޕީޕީއެމްއަށޤ ސަޕޯޓު ކުރާ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެގޮތުން އޭނާގެ މަންމަ އަކީ ޕީޕީއެމް އުފެދުނީންސުރެ ޕާޓީ އޮފީހުގައި މަސައްކަތް ކުރާ މީހެކެވެ.

ދެ ލަވަކިޔުންތެރިންގެ އިތުރުން ރޭ ވަނީ އައްޑޫ ސިޓީ ހުޅުދޫ އެމްޑީޕީގެ ކައުންސިލަރު މެމްބަރު އަލީ މުހައްމަދު (އައްދު) ވެސް ޕީޕީއެމަށް ސޮއިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް