ހަނދުގެ ބަހުސްގައި ކުރީގެ ރައީސް، ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް މިއަދުވެސް އެމަނިކުފާނުގެ ރައުޔު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސް މަޢުމޫން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބަރާބަރު ފަލަކީ ހިސާބުން ދައްކާގޮތުންނަމަ މިރޭ ރާއްޖެއަށް އިރާއި ހަނދު އޮއްސޭނީ އެއް ވަގުތެއްގައި ކަމަށެވެ.
"18:14 މިނެޓުގައެވެ. ވީމާ އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެއެވެ" ރައީސް މަޢުމޫން ލިޔުއްވާފައިވެއެވެ.
ރައީސް މަޢުމޫން އިތުރަށް ވިދާޅުވެފައިވަނީ މާދަމާ ވާނީ ރަމަޟާން މަހުގެ ތިރީހަށް ކަމަށާއި އެހެންނަމަވެސް އިސްލާމީ އެހެން ޤައުމަކަށް މިރޭ ހަނދު ސާބިތުވެގެން ރާއްޖެއަށް ހަނދު ލައްވާލައިފިނަމަ މާދަމާ ޢީދަށް ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް