ފަހު 10ގައި ބީއެމްއެލްގެ ބްރާންޗުތަކާއި ސެންޓަރުތައް ހުޅުވާފައި ހުންނާނެ ގަޑިތައް ހާމަކޮށްފި

ރަމަޟާން މަހުގެ ފަހު 10ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެންޓަރުތައް ހުޅުވާފައި ހުންނާނެ ގަޑިތައް އެ ބޭންކުން ހާމަކޮށްފިއެވެ. އެގޮތުން އެ ބޭންކުން ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ...

29 Mar 2024 | 12:46

ރަމަޟާން މަހުގެ ފަހު 10ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެންޓަރުތައް ހުޅުވާފައި ހުންނާނެ ގަޑިތައް އެ ބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން އެ ބޭންކުން ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އަންގަވާފައިވާގޮތަށް، ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާންމަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ތިރީގައިވާ ގަޑިތަކުގައި ކަމަށެވެ.

31 މާރިޗު، 1 އެޕްރީލް، 7 އެޕްރީލް އަދި 8 އެޕްރީލް - ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް

2 އެޕްރީލް އިން 4 އެޕްރީލް އަދި 9 އެޕްރީލް –  ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް

ރަމަޟާން މަހު ފަހު ދިހައިގައި ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/banking-hours-during-ramadan މެދުވެރިކޮށް ލިބޭނެކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް