ދައުލަތުގެ ވަޒީފާތަކުގައި ހިތަށް އެރި ގޮތަކަށް އުޅެން ޖާގަދެވިގެން ނުވާނެކަމުގައި ސިޔާސީ އެކްޓިވިސްޓު އަދި ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޒައިދު ވިދާޅުވެފައިވަނީ ދައުލަތުގެ ވަޒީފާއަކީ ރައްޔިތުންގެ ފައިސާއިން ދެވޭ އެއްޗެއް ކަމަށެވެ.
"އަމިއްލަ ކުންފުނިތަކުގައި އުޅޭހެން ދައުލަތުގެ ވަޒީފާގައި ހުންނަ މީހަކަށް ހިތަށް އެރި ގޮތަކަށް އުޅެން ޖާގަ ދެވިގެން ނުވާނެ" ޒައިދު ވިދާޅުވެފައިވެއެވެ.
ޒައިދު އިތުރަށް ވިދާޅުވެފައިވަނީ ނުކުރާ މަސައްކަތަކަށް އުޖޫރަ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ފައިސާއަކީ އަމާނާތެއް ކަމަށެވެ.
ޒައިދު މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ ބޮޑު ދެ ވަޒީފާއަކުން ދެމީހަކު މިވަނީ ވަކި ކޮށްފައެވެ. އެއީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އަމްރުއާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ.
ޝިއްޕެ މިއަދު ވަޒީރުކަމުން ވަކިކޮށްފައިވާއިރު ޝިއްޕެ ވަޒީފާއަށް ނުނިކުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށްބުނެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް