ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރެވޭ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" (އެފްޑީ) އާއި ދެމެދު ބޭއްވޭ ދެވަނަ މަޝްވަރާ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކުރަމުން ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިރޭ ޕާޓީ ޓޯކްސްގެ ދެވަނަ ބައްދަލުވުން ޖޭޕީ އެޗްކިއު (މާފަންނު ކުނޫޒް) ގައި އޮންނާނެ ކަމަށެވެ.
"މި ބައްދަލުވުން ފެށޭނީ މިރޭ 09:30 ގައި، ބައްދަލުވުމުގައި ބައިވެރިވަނީ ޖޭޕީ އާއި ރައީސް ނަޝީދުގެ ފަރާތުން ބޭފުޅުން" ޖޭޕީން ބުނެފައިވެއެވެ.
ޖޭޕީން އިތުރަށް ބުނެފައިވަނީ މަޝްވަރާގެ އެ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
މީގެ ކުރިން ޖޭޕީއާއި އެފްޑީގެ ބައްދަލުވުމުގައި ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމާއިމެދު މަޝްވަރާކޮށްފައިވެއެވެ. މަންޒަރު ފެންނަގޮތުގައި ޖޭޕީ އާއި އެފްޑީ މިހާރު ތިބީ ކޯލީޝަނެއްގެ ތެރޭގައެވެ. އެހެންނަމަވެސް ރަސްމީ ސިފައެއްގައި އެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް