ސައޫދީ ބަސް އެކްސިޑެންޓް: ނިޔާވި އުމްރާވެރިންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް ރައްޔިތުން

އިއްޔެ ސައޫދީ އަރަބިއްޔާގައި އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ކޮންޓްރޯލު ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި އުމްރާވެރިންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް އަށް ނިސްބަތ...

29 Mar 2023 | 14:33

އިއްޔެ ސައޫދީ އަރަބިއްޔާގައި އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ކޮންޓްރޯލު ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވި އުމްރާވެރިންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމްރާވެރިން ކަމުގައި ބަންގްލަދޭޝް އިން ބުނެފިއެވެ.

އެގޮތުން ސައޫދީގައި ހުންނަ ބަންގްލަދޭޝް އެމްބަސީއާއި ހަވާލާދީ ބަންގްލަދޭޝް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ހާދިސާގައި 22 އުމްރާވެރިއަކު މަރުވެފައިވާއިރު އޭގެ ތެރެއިން 13 މީހުން ނިސްބަތްވަނީ ބަންގްލަދޭޝް އަށެވެ. އަދި ޒަޚަމްވި އުމްރާވެރިންގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ބަންގްލަދޭޝް އުމްރާވެރިން ހިމެނޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ބަސް ކޮންޓްރޯލުން ނެއްޓި ކާރެއްގައިވެސް ޖެހި ބަހުގައި އަލިފާން ރޯވެ ނުރައްކާތެރި އެ ހާދިސާ ހިނގިއިރު އެ ބަހުން 47 އުމްރާވެރިއަކު ދަތުރުކުރަމުންދިޔަ އެވެ. އެ އުމްރާވެރިންގެ ތެރޭގައި ސައޫދީ އަރަބިއްޔާ، ބަންގްލަދޭޝް އަދި ކެމްބޯޑިއާއަށް ނިސްބަތްވާ އުމްރާވެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް