ރައީސް އޮފީހުގެ މިނިސްޓަރުކަމުން މިއަދު ވަކި ކުރި މުހައްމަދު ޝިފާޒް (ޝިއްޕެ) އަށް ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދެއްވައިފިއެވެ.
ރައީސް ނަޝީދުގެ ހިތްވަރު ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ނައިބު ރައީސް ޝިއްޕެ އަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވީ ވަކި އެހެން މީހަކު ނުހުންނާނެ ކަމަށެވެ.
"ޝިއްޕެ އެއްގޮތަކަށްވެސް ކަންބޮޑުވެ ނުލައްވާތި، ﷲގެ އިރާދަފުޅުން މުސްތަގްބަލު އޮތީ އުޖާލާކޮށް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ޝިއްޕެ ވަކިކޮށްފައިވާއިރު ޝިއްޕެއަކީ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަން (ފިކުރެއްގެ ދިރުން) ފެކްޝަނުގެ އިސް ހަރަކާތްތެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް