ކައިގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ މާލޭގައި ހަވާ އަރުވަނީ

މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންޒާ އަދި މޮޑެލް ކައިޒީން (ކައި) ގެ އުފަން ދުވަސް ފާހަގަ ކުރަން މިރޭ ހަވާ އަރުވަން ނިންމައިފި އެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގައި އެވެ. ކައި ވަނީ އުފަންދުވ...

29 Mar 2023 | 09:59

މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންޒާ އަދި މޮޑެލް ކައިޒީން (ކައި) ގެ އުފަން ދުވަސް ފާހަގަ ކުރަން މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގައި އެވެ. ކައި ވަނީ އުފަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވާކަން "ދުވަސް" އަށް ޔަގީންކޮށްދީފައި އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓަކަށް ދޭ ހިދުމަތެއް ކަމަށް ބުނެފައިވެ އެވެ.

ހަވާ އަރުވަނީ ކައިޒީންގެ އުފަން ދުވަހު ކަން އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ. އެ އިދާރާއިން ބުނީ ހަވާ އަރުވާނީ މިރޭ 12:00 ން ފެށިގެން ހަ މިނެޓު ވަންދެން ކަމަށެވެ.

ކައިގެ އުފަން ދުވަހަކީ މާޗް 30 އެވެ.

އޭނާ އަކީ ކޮންމެ އަހަރަކުވެސް ވަރަށް ތަފާތުކޮށް، ތަފާތު ތަންތަނުގައި އުފަން ދުވަސް ފާހަގަ ކުރާ މީހެކެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާގެ ތާޖް މަހަލަށް އުފަން ދުވަސް ފާހަގަ ކުރަން ދިޔައިރު 2021 ވަނަ އަހަރު އުފަން ދުވަސް ފާހަގަ ކުރީ ޔޫއޭއީގެ ބުރުޖް ހަލީފާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް