މޯލްޑިވިއަންގެ އޭޓީއާރު އާ ފްލައިޓު އަންނަ މަހު ދޭއްގައި ރާއްޖެ ގެންނަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭޓީއާރު އާ ފްލައިޓު އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. މޯލްޑިވިއަންއިންް ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި އޭޓީއާރު މަރުކާގެ ތިންް ބޯޓު...

29 Mar 2023 | 08:48

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭޓީއާރު އާ ފްލައިޓު އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންއިންް ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި އޭޓީއާރު މަރުކާގެ ތިންް ބޯޓު ގެންނާނެ ކަމަށް ބުނެފައި އެވެ. އޭގެ ތެރެއިން 72 މީހުންގެ ޖާގައިގެ ދެ ބޯޓު ވަނީ ޖެނުއަރީ މަހު ގެނެސްފައި އެވެ

“ދުވަސް” އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް ޑީޕާޓްމެންޓުން ބުނީ ތިން ވަނަ ބޯޓު އަންނަ ހުކުރު ދުވަހު ފްރާންސުން ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. އަދި އޭޕްރިލް ދެ ވަނަ ދުވަހު އެ ފްލައިޓު ރާއްޖެ އަންނާނެ ކަމަށް މައުލޫމާތުދެ އެވެ.

އެއީ 46 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. އެ ޑިޕާޓްމެންޓުން ބުނީ ފްލައިޓު ރާއްޖެ ގެންނަތާ މަސް ދުވަސްތެރޭގައި އޮޕަރޭޝަނަށް ނެރޭނެ ކަމަށެވެ. އަލަށް ގެންނަ އޭޓީއާރު މަރުކާގެ ފްލައިޓުތައް ބޭނުން ކުރަނީ އެތެރޭގެ އުދުހުންތަކުގައި އެވެ.

މޯލްޑިވިއަންއިން ނިންމާފައިވަނީ އެ ކުންފުނިން ބޭނުން ކުރަމުންްދާ ޑޭޝް މަރުކާގެ ބޯޓުތައް އޭޓީއާރު ފްލައިޓުތަކަށް ބަދަލު ކުރާށެވެ. އެގޮތުން އާ ބޯޓުތައް ލިބޭ ވަރަކުން ޑޭޝް މަރުކާރުގެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލަމުންދާނެ ކަމަށް ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ ކުރީގެ ބޯޓުތަކަށް ވުރެ އޭޓީއާރު މަރުކާގެ މަތިންްދާ ބޯޓުތަކުގައި މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ ކަމަށާއި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް